ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޕާޓީގެ ލީޑަޝިޕުން މިރޭ 10:30 ގައި، ކުރީގެ އަޑި ޕާކް ސަރަހައްދުގައި އެއްވުމެއް ބާއްވަން ނިންމައި، ރައްޔިތުންނަށް ދައުވަތު ދީފިއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޕާޓީގެ ލީޑަޝިޕުން މިރޭ އެއްވުމެއް ބާއްވަނީ އެމްޑީޕީއަށް އިންތިހާބުން ލިބުނު ބޮޑު އަގުލަބިއްޔަތު ފާހަގަ ކުރުމަށްޓަކައި އުފާ ފާޅު ކުރެއްވުމުގެ ގޮތުންނެވެ. އެގޮތުން އެމްޑީޕީއިން ވަނީ މާލެއާއި އައްޑޫ ސިޓީގެ ދާއިރާތައް ފަދަ ބޮޑެތި ދާއިރާތައް ހިމެނޭ ގޮތަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ.
އެމްޑީޕީއިން މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 65 ގޮނޑި ކާމިޔާބުކޮށްގެންނެވެ. މިއީ އެމްޑީޕީގެ ތާރީހުގައިވެސް އެޕާޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކާމިޔާބީ ފާޅު ކުރުމުގެ ގޮތުން އެމްޑީޕީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ، ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން މި ޖަލްސާގައި ބައިވެރިވުމަށް ލޮނުޒިޔާރަތްކޮޅަށް ދަނީ އެއްވަމުންނެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އެޕާޓީން ދެއްކި ނަމޫނާ މިފަހަރުގެ މަޖިލިސް އިންތިހާބުގައިވެސް މިވަނީ ދައްކާލާފައެވެ.