ތިނަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މުގުނީ ކާމިޔާބު ކުރައްވައިފިއެވެ.

މުގުނީ މި އިންތިހާބު ކަމިޔާބު ކުރެއްވީ ފަންސާސް ހަތަރު ޕަސެންޓް ވޯޓުގެ އަގުލަބިއްޔަތަކުންނެވެ. އޭނާއާއި ވާދަކުރެއްވީ، އިކްލީލް އަހުމަދާއި ސައުދުﷲ ހިލްމީއެވެ. މިހާތަނަށް ގުނާފައިވާ ވޯޓަށް ބަލައިލާއިރު، އޭގެ ތެރެއިން، މުގުނީ އާއި އެންމެ ގާތުން ވާދަކުރެއްވީ ސައުދުﷲ އެވެ.

މި ދާއިރާއަށް ވޯޓު ލެވޭ މީހުންގެ އަދަދަކީ ދެހާސް ހަސަތޭކަ އައްޑިހަ ނުވަ މީހުންނެެވެ. ސައްހަ ވޯޓަކީ އެއްހާސް ނުވަ ސަތޭކަ ނުވައެކެވެ. އަދި ސާޅިސް ހަތް ބާތިލް ވޯޓު އެ ދާއިރާއަށް ލާފައިވެއެވެ.

މިއީ މި ވޯޓު ފޮށީގެ ހަތްދިހަ ތިން ޕަސެންޓް ވޯޓު ގުނުމަށްފަހު ލިބުނު ނަތީޖާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.