ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކަށަވަރުކޮށްފިއެވެ.
މިއީ މަޖިލިސް އިންތިހާބެއްގައި، އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ.
އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ސިޓީއެއްގެވެސއް މެޖޯރިޓީ ނަގައިފައެވެ. މީގެ އިތުރުން އާބާދީ ބޮޑެތި ރަށްތަކުގެ މެޖޯރިޓީވެސް ނަގައިފައިވަނީ އެމްޑީޕީންނެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން ވަނީ މަޖިލިސް އިންތިހާބުގެ ޖުމްލަ 67 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް ނަގައިފައެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ނުކުންނަކީ ރައްޔިތުންނާއި ޤައުމުގެ މަންފާއާއި ގުޅިލާމެހިފައިވާ 19 ޤާނޫނެއް ތަންފީޒު ކުރުމަށެވެ.