ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު ޖީހާން މަހުމޫދު ކާމިޔާބު ކުރައްވައިފިއެވެ.

ހިންނަވަރު ދާއިރާގެ ގޮނޑި ޖީހާން ކާމިޔާބު ކުރީ، އެމްއެލްއެސްޑީ (ލޭބަރ ޕާޓީ) ކެންޑިޑޭޓަކާއި ޕީޕީއެމް ކެންޑިޑޭޓަކާއި ވާދަކުރައްވައެވެ.

ވަގުތީ ނަތީޖާތަކުން ދައްކާގޮތުން ޖީހާން މަހްމޫދަށް ލިބުނީ ޖުމުލަ 1497 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް، އަބްދުﷲ ނާޒިމް އިބްރާހީމަށް ލިބުނީ ޖުމުލަ 1025 ވޯޓެވެ. އަދި ލޭބަރ ޕާޓީގެ ކެންޑިޑޭޓް، ޒިޔާދު ރަޝާދަށް ލިބުނީ ޖުމުލަ 55 ވޯޓެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 3697 މީހުންނަށެވެ. މީގެ ތެރެއިން 2604 މީހުންވަނީ އެމީހުންގެ ވޯޓުލުމުގެ ހައްގު އަދާކޮށްފައެވެ.

ޖީހާންއަކީ މިފަހަރު މަޖިލިސް އިންތިހާބަށް ހޮވުން މަދު އަންހެން ކަނބަލުންގެ ތެރެއިން އެއް ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.