ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.

އެގޮތުން އެމްޑީޕީން ވަނީ އެ ސިޓީގެ ތިން ގޮނޑިވެސް ކާމިޔާބުކުރައްވާފައެވެ. ފުވައްލުމަލު މެދު ދާއިރާގެ  ގޮނޑި ކާމިޔާބުކޮށްފައިވަނީ  ހުސެއިން މުހައްމަދު ދީދީއެވެ. ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ މުހައްމަދު މުމްތާޒް  ކާމިޔާބު ކުރި އިރު އިތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ މުހައްމަދު ރަޝީދުއެވެ.

ފުވައްމުލަކުގެ އިތުރުން އެމްޑީޕީން ވަނީ ދެން ރާއްޖޭގައި އޮތް ދެ ސީޓީ، މާލޭ ސިޓީ އާއި އައްޑޫ ސިޓީގެވެސް މެޖޯރިޓީ ނަގައިފައެވެ. އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ ސްޕަރ މެޖޯރިޓީއެއް ނަގައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.