ތުޅާދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ހުސައިން ކާމިޔާބު ކުރައްވައިފިއެވެ. 

ގާނޫނީ ވަކީލް ހިސާން ހުސެއިން މަޖިލިސް އިންތިހާބުގައި ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 63 ޕަސެންޓްގެ ތަފާތު ބޮޑު ތަފާތަކުންނެވެ. މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ދަތި ތަކަކާ ކުރިމަތިވި ނަަމަވެސް ހިސާން ދައްކުވައިދިނީ ގޮންޖެހުންތަކަކާއި، އެކުވެސް ކަންކަން ކާމިޔާބު ކުރެވިދާނެ ކަމެވެ.

މަޖިލީހަށް ވެންނެވުމުގެ ކުރިން ވެސް ހިސާން ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ގިނަ ބައެއްގެ ތައުރީފާއި ލޯބި ހޯއްދަވައިފަ އެވެ. ހިސާން ފުރަތަމަ ފަހަރަށް މަޖިލީހަށް އިންތިހާބު ވިއިރު، އެކަމަނާގެ ފިރިކަލުން އިބްރާހިމް ނާޒިލްވެސް ވަނީ މިފަހަރުގެ އިންތިހާބު ކާމިޔާބުކުރައްވާފައެވެ. ނާޒިލްވެސް ވެސް 68 ޕަސެންޓްގެ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކުރެއްވިއިރު، އޭނާއަކީ އެންމެ ފުރަތަމަ ދުވަހުއްސުރެން އެމްޑީޕީއާއި އެކު މަސައްކަތް ކުރަމުން އައި ބޭފުޅޭކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.