ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަނގޮޅި އުތުރު ދާއިރާގެ ވަގުތީ ނަތީޖާއިން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރަޝީދު(ބޯދިގު) ކުރި ހޯއްދެވުމުން، ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އޭނާއަށް މަރުހަބާ ދަންނަވައިފިއެވެ.
މިކަން ހާމަކުރައްވާ ފާރިޝް ކުރެްވި ޓުވީޓުގައި ވަނީ އިންތިހާބުން ބަލިވެފައިވާ ކަން ގަބޫލުކުރައްވާ ކަމަށާއި، އަދި އިންތިހާބުން ކުރި ހޯއްދެވި ބޯދިގު ރަޝީދުއަށް މަރުހަބާ ދަންނަވާ ކަމުގައެވެ.
ފާރިސް އިންތިހާބުން ބަލިވެފައިވާއިރު، ޣައްސާން މައުމޫން ވަނީ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.