ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ވިސާމް ކާމިޔާބުކުރައްވައިފިއެވެ.
އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ ހަތަރު މެންބަރުންނާއި ވާދަކުރައްވައިގެންނެވެ. ވިސާމް އަކީ ނަވާރަ ވަނަ މަޖިލީހުގެ އެންމެ ޒުވާން މެންބަރެވެ.
ވިސާމަކީ މީގެކުރިން ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް މަޝްހޫރުކަން ހޯދި ބޭފުޅެކެވެ.
ގަމު ދާއިރާގެ ގޮނޑިއށް ބޮޑު އަގުލަބިއްޔަތަކާއެކު ވިސާމް އިންތިހާބުވެފައިވާއިރު އޭނާގެ އުމަރަކީ 24 އަހަރެވެ.
ވިސާމްގެ އިތުރުންވެސް މިފަހަރުގެ މަޖިލީހަށް ވަރަށް ޒުވާން މެންބަރުންތަކެއް އިންތިހާބުވެފައިވެ އެވެ. އެގޮތުން ފޮނަދޫ ދާއިރާއަށް މޫސާ ސިރާޖާއި މައްޗަންގޯޅި ދެކުނު ދާއިރާއަށް އަހުމަދު ހައިތަމް އާއި ގަލޮޅު ދެކުނު ދާއިރާއަށް މީކާއިލް ނަސީމާއި މަޑަވެލި ދާއިރާއަށް އިންތިހާބުވި ހުސެއިން ފިރުޝާން ފާހަގަކޮށްލެވެ އެވެ.