19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެދު ހެންވޭރު ދާއިރާގެ ގޮނޑި އަލީ ނާޒިމް ކާމިޔާބް ކުރައްވައިފިއެވެ.
އަލީ އާޒިމް މެދު ހެންވޭރު ދާއިރާއަށް ކުރިމަތި ލެއްވީ އެމްޑީޕީގެ ޓިކެޓްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުގައި، މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކަމިޔާބު ކުރެއްވި، އަލީ އާޒިމް އެގޮނޑި ކާމިޔާބު ކުރައްވާފައިވަނީ، އެދާއިރާއަށް ދެން ވާދަކުރެއްވި ތިން ކެނޑިޑޭޓުން ބަލިކުރައްވާފައެވެ. އަލީ އާޒިމަށް ލިބިފައި ވަނީ 1014 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެދު ހެންވޭރު ދާއިރާގެ ގޮނޑިއަށް އަލީ އާޒިމާއި އެންމެ ގާތުން ވާދަކުރެއްވީ، އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓެއް ކަމަަށްވާ، ހަސަން ޝިޔާމެވެ. މެދު ހެންވޭރު ދާއިރާއަށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރެއްވި ހަމައެކަނި ބޭފުޅަކީ އަލީ އާޒިމެވެ. ދެން އެދާއިރާއަށް ވާދަކޮށްފައިވަނީ ހުސް އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުގައި، އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ހަސަން ޝިޔާމަށް ލިބިފައިވަނީ، 757 ވޯޓެވެ. ދެން އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން އަބްދުﷲ ރަޝީދަށް 13 ވޯޓް ލިބިފައިވާއިރު، އަހުމަދު ޒިޔާދަށް ލިބިފައިވަނީ، 52 ވޯޓެވެ.