ނަވާރަ ވަނަ ރައްޔިތުން މަޖިލީސް އިންތިހާބުގައި އައްޑޫ ސިޓީގެ ހަތް ދާއިރާގެ ގޮޑިވެސް އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 67 ގޮނޑިއާއި އެކު ސުޕަރ މެޖޯރިޓީއެއް ނެގި އިރު ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެމްޑީޕީގެ ލީޑަރޝީޕްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަޖިލިހަށް ކުރުމަތިލެއްވި ހުރިހާ ފަރާތްތަކުން ވަނީ މަޖިލީހުގެ ގޮނޑި ކަށަވަރު ކުރައްވާފައެވެ.

އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ އާއި މާލޭ ސިޓީގެ މެޖޯރިޓީގެ މެޖޯރިޓީވެސް ނެގީ އެމްޑީޕީންނެވެ.

މީގެ ކުރިން އިންތިހާބުތަކުގައިވެސް އެމްޑީޕީން އަބަދުވެސް މާލެ އާއި އައްޑޫ ސިޓީގެ ގިނަ ގޮނޑިތަކެއް ނަގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.