ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް ގޮނޑި މީކާއީލް ނަސީމް ކާމިޔާބު ކުރައްވައިފިއެވެ.

މީކާއީލް ނަސީމަކީ އެމްޑީޕީގެ ޓިކެޓްގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ. އެބޭފުޅާ އެގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު ޕާޓީތަކުން އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަ ކެނޑިޑޭޓުންނާއި ވާދަކުރެއްވުމަށް ފަހު ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އެމްޑީޕީގެ ޓިކެޓްގައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މީކާއީލް އަހުމަދު ނަސީމް، އެދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ 1026 ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް މީކައީލް އަހުމަދު ނަސީމަށް ފަހު ދެން އެންމެ ގިނައިން ވޯޓް ލިބިފައިވަނީ، ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި، ކެނޑިޑޭޓް އަހުމަދު އައްސަދަށެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އަހުމަދު އައްސަދަށް ލިބިފައިވަނީ، 503 ވޯޓެވެ. ޖޭޕީގެ ޓިކެޓްގައި އެދާއިރާއަށް ވާދަކުރެއްވި ކެނޑިޑޭޓަށް 127 ވޯޓް ލިބިފައިވާއިރު، އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި ކެނޑިޑޭޓަށް ލިބިފައިވަނީ، 373 ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް، އަމިއްލަ ގޮތުން ވާދަކުރެއްވީ ދެ ކެނޑިޑޭޓުންނެވެ. އަމިއްލަ ގޮތުން ވާދަކުރެއްވީ އަހުމަދު އާޒިމާއި މިރުފަތު އިސްމާއިލް ޝަފީގެވެ. އަހުމަދު އާޒިމަށް 145 ވޯޓު ލިބިފައިވާއިރު، މިރުފަތު އިސްމާއިލް ޝަފީގަށް ލިބިފައިވަނީ 97 ވޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.