ފުލުހުންނަކީ ދިވެހިންނަށް ޚިދުމަތްކޮށްދިނުމުގައި ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ފަހުލަވާނުންތަކެކެވެ. ގިނަ ފުލުހުންނަކީ އެމީހުންގެ ޒިންމާ އަދާ ކުރުމުގައި ދެގޮތެއްނުވެ، ވަރުބަލިިކަމެއް ނުވަތަ ފޫހިކަމެއް ނެތި ޢާންމުންނަށް ޚިދުމަތްދޭ ބައެއްކަން އިއްޔެ ވަރަށް ސާފުކޮށް ފުލުހުން ދައްކުވައިދީފިއެވެ.

އިއްޔެ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރިއަށް ދިޔައިރު ފެނިގެން ދިޔަ ގިނަ މަންޒަރުތަކުގެ ތެރެއިން އެއް މަންޒަރަކީ، ފުލުހުންގެ މިންނެތް މަސައްކަތުގެ ހިތްގައިމު ކުލައެވެ. އެމީހުންގެ އިންސާނިއްޔަތުގެ ސިފަ އެންމެ މަތީ ދަރަޖައަށް ދައްކުވައިދޭ ގިނަ ފޮޓޯތަކާއި ވީޑިއޯތައް އަންނަނީ މުޅި މީސްމީޑިއާގައި ދައުރުވަމުންނެވެ. މިގޮތުން އުމުރުން ދުވަސްވީ މީހުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ވޯޓުލުމުގައި ބޭނުންވާ އެއްބާރުލުން ފޯރުކޮށްދެމުންދާ މަންޒަރުތައް ފެނެއެވެ. 

"ބްލޫޓައިޑް އޮޕަރޭޝަން"ގެ ނަމުގައި ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމައަކީ ވަރަށް ކާމިޔާބު، ޖުމްލަގޮތެއްގައި އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދެވިފައިވާ ޕްރޮގްރާމެކެވެ. ފުލުހުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ވޯޓުލުމުގައި ދިމާވި ކޮންމެ މައްސަލައެއް ހައްލުކުރުމަށް އެމީހުންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ފުލުހުން އުމުރުން ދުވަސްވީ މީހުންނަށް އެހީވަމުންދާ މަންޒަރުގެ ފޮޓޯތައް ޓްވިޓާގައި އެމީހުން ޢާންމުކުރިއެވެ. މީގެ އިތުރުން ފުލުހުންވަނީ ވޯޓުލާ މަރުކަޒުތައް ހުންނަ ސަރަހައްދުތަކުގެ މަގުތަކުގައި ކާރުބާރު ބޮޑުވިޔަ ނުދިނުމަށާއި ވޯޓުލާ މީހުންނަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަކޮށް ދިނުމަށްޓަކައި ޓްރެފިކް ކޮންޓްރޯލް ކުރުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. މި މަންޒަރުތަކުގެ ފޮޓޯތައްވެސް އަންނަނީ މީސްމީޑިއާތަކުގައި ހަލުވިކަމާއެކު ދައުރުވަމުންނެވެ.

ހަމައެހެންމެ ފުލުހުންނަށް ވޯޓުލުމާ ގުޅިގެން ހުށަހެޅުނު ހުރިހާ މައްސަލަތަކަށްވެސް އެމީހުންވަނީ އެޓެންޑްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.