އިރުއޮއްސި ހައެއް ޖެހުމާއިއެކީ މަޖިލިސް އިންތިހާބަށް ވޯޓުލުމުގެ ކިޔުތައް ބަންދުކޮށްފިއެވެ.
އީސީއިން ފުރަތަމަ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކިޔުތައް ބަންދުކުރުމަށް ނިންމާފައި ވިނަމަވެސް ފަހުން ވަނީ އިރުއޮއްސި ހައެކަށް ވަގުތު އިތުރުކޮށްފައެވެ.
މިހާރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވޯޓްލުމުގެ ކިޔު ވަނީ ބަންދުކޮށްފައެވެ. މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބަންދު ކުރަން ފުރަތަމަ ނިންމި ނަމަވެސް، މިދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރެއް ކަމަށް ވުމުން ވޯޓްލުމުގެ ފުރުސަތު ހައެކަށް އިތުރުކުރީއެވެ.
މުޅި ރާއްޖޭގައި ކިޔުތައް ބަންދުކޮށްފައިވާއިރު، ބައެއް ރަށްރަށުގައި މިހާރުވަނީ ވޯޓްލުންވެސް ނިންމާލައި، ވޯޓް ފޮށިތައް ބަންދުކޮށްފައެވެ. އަދި ވޯޓް ފޮށި ބަންދުކުރާތާ ބައިގަޑިއިރު ފަހުން ވޯޓް ގުނަން ފަށާނެއެވެ.