ޕެރިސް (އޭޕްރީލް 30) 

ފްރެންޗް ކަޕް ފައިނަލަށް ފަހު، ސަޕޯޓަރެއް ގައިގައި ޖެހުމަކީ ޕީއެސްޖީގެ ތަރި ނޭމާ ހެދި ގޯހެއް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރެނެސް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު މެޑަލް އަޅަން ރޮސްޓްރަމް އަށް ނޭމާ ދިޔަ ވަގުތު އެތާ ހުރި ސަޕޯޓަރެއް ބުނި އެއްޗެއްގެ ސަބަބުން ނޭމާ ވަނީ އޭނާ މޫނުމަތީގައި ޖަހައިފަ އެވެ. 

ނޭމާ ބުނީ ސަޕޯޓަރުގެ ގައިގައި ޖެހީ ޕީއެސްޖީގެ ކުޅުންތެރިންނާއި އޭނާއަށް އަމާޒުކޮށް އިހުތިރާމް ކުޑަކޮށް ވާހަކަ ދެއްކުމުން ކަމަށެވެ.

ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ ނޭމާ ކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

"ސަޕޯޓަރަކާ އެކު މާރާމާރީ ހިންގުމަކީ އެއްވެސް ހާލަތެއްގައި ކުޅުންތެރިއަކު ކޮށްގެންވާނެ ކަމެއް ނޫން. އެއީ ޕްރޮފެޝަނަލުން އެބަޖެހޭ އެ އަށް ވުރެން ޒިންމާދާރުވާން. އެއީ ނޭމާ އަށް ހެދުނު ގޯހެއް. ބަލިވިޔަސް މޮޅުވިޔަސް ފުޓްބޯޅައިގައި އިހުތިރާމް އޮންނަން ޖެހޭ." ޓުޗެލް ބުންޏެވެ.

ނޭމާގެ މައްސަލަ ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ބަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު ދާދި ފަހުން ޔުއެފާ އިން ވެސް ވަނީ ނޭމާ ތިން މެޗަށް ސަސްޕެންޑް ކުރަން ނިންމައިފަ އެވެ.

ނޭމާ ސަޕޯޓަރެއްގެ ގައިގައި ޖަހާ ވީޑިއޯ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *