ކުރީގެ މަޖިލިސް މެމްބަރު  އަބްދުﷲ ޖާބިރު، ސިނަމާލެ ބްރިޖުގައި ހެލްމެޓް ނާޅާއި ދުއްވަައިގެން ފުލުހުން ހިފެހެއްޓިކަމަށް ބުނެ މީސްމީޑިއާގައި ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށް ފުލުހުން ބުނެފިއެވެ.

މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، ފުލުހުން އަބްދުﷲ ޖާބިރު ހިފެހެއްޓިކަމަށް ބުނެ މީސްމީޑިއާގައި ފަތުރާފައިވާ ވާހަކަތަކީ އޭގައި އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ސިނަމޭލް ބުރިޖްގައި ހެލްމެޓް ނާޅައި ދުއްވާފައި ނުވާ ކަމަށާއި އަދި ފުލުހުން އެބޭފުޅާ ހިފަހައްޓާފައެއްވެސް ނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މީސްމީޑިއާގައި މިޒާތުގެ ދޮގު ހަބަރުތައް ނުފެތުރުމަށް ފުލުހުން ވަނީ ކުރިންވެސް އިލްތިމާސްކޮށްފައެވެ. އަދި ދެބަސްވުންތައް އުފެދޭނެ ފަދަ ވާހަކަތަކާއި އަދި ފިތުނަ ފަސާދަ އުފެދޭނެ ޒާތުގެ ވާހަކަތައްވެސް ނުދެއްކުމަށް ފުލުހުން ވަނީ ކުރިން އިލްތިމާސް ކޮށްފައެވެ. އަދި އެކަހަލަ އަމަލްތައް ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.