ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަޖިލިސް އިންތިހާބުގައި ވޯޓްލުމުގައި ބައިވެރިނުލައްވާނެކަން ޖަޒީރާ ނިއުސްއަށް ކަށަވަރު ވެއްޖެއެވެ.  

އިތުބާރު ހުރިފަރާތަކުން ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަޖިލިސް އިންތިޚާބުގެ ވޯޓުލުމުގައި އެމަނިކުފާނު ބައިވެރިވެ ނުލަައްވާނެކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ، ކުރީގެ ރައީސުންނަށް ކިއުގައި މަޑުނުކޮށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވޯޓުލެއްވިކަމެއް ނުވަތަ ނުލައްވާކަމެއް އިލެކްޝަންން ކޮމިޝަނުން ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.

މަޖިލިސް އިންތިޚާބުގައިބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަދަ، ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެލައްވާ ގިނަ ބޭފުޅުން މިހާރު ވަނީ ވޯޓު ލައްވާފައެވެ. އަދި އެންމެންވެސް ވީހާވެސް އަވަހަކަށް ވޯޓު ލުމަށް އެބޭފުޅުން ވަނީ އިލްތިމާސް ކޮށްފައެވެ. 

ރައީސް ޔާމީނަކީ ސަރުކާރާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެންމެ އިސްކޮށް ހުންނެވި ފަރާތްކަމަށް ވެފައި އެމަނިކުފާނު ވޯޓު ލައްވަން ވަޑައިގަންނާނެ އިރަކަށް އިދިކޮޅަށް ތާއީދު ކުރާ ބައެއް މީހުން ތިބީ އިންތިޒާރުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.