މަދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ގިނަ އަދަދަކަށް ހަރަކާތްތެރި ވަމުން ދާތީ، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި މަދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަތެއް އެޕްރީލް 2019 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އާދިއްތަ ދުވަސް ބަންދު ނުކުރަން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް ފާއިތުވެދިޔަ އިންތިހާބުތަކެކޭވެސް އެއްފަދައިން އިންތިހާބަށްފަހު އަންނަ ދުވަސް މިވަނީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.