މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބު, ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފިއެވެ. 

މިއަހަރުގެ މަޖިލިސް އިންތިހާބަކީ އެތައް ގޮތަކުން ތަފާތު އިންތިހާބަކަށް ވެފައި، އެކަން ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އެގޮތުން އިންޑިއާގެ "ދަ ހިންދޫ" ނޫހުންނާއި "ޗެނަލް ނިއުސް އޭޝިއާ" އިން އަދި އޮސްޓްރޭލިއާގެ "އޭބީސީ" ނޫހުން ވަނީ މިފަހަރުގެ އިންތިހާބުގެ ހަބަރުތައް ގެނެސްދީފައެވެ. 

އެ ނޫސްތަކުން ގެނެސްދީފައިވާ ހަބަރުތަކަށް ބަލައިލާއިރު ފާހަގަވާ ކަމަކީ، ރާއްޖޭގެ ކުރީގެ ރައީސެއް މަޖިލިސް މެމްބަރަކަށް ކުރިމަތިލާފައި ވާކަން އެ ނޫސްތަކުގައި ބަޔާންކޮށްފައިވާކަމެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ އެނބުރި ސިޔާސީ މައިދާނަށް ނުކުންނަވަން މަސައްކަތް ނިންމަވާ ވާދަކުރައްވާ ވާހަކަ އެ ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ. 

ކުރީގެ ރައީސަކު އެފަދަ ގޮތަކަށް ސިޔާސީ މައިދާނަށް ނުކުންނަވަން މަސައްކަތް ކުރެއްވުމަކީ ރާއްޖޭގެ ތާރިހުގައިވެސް ފުރަތަމަ ފަހަރަށް ހިނގި ކަމަކެވެ. ރައީސް ނަޝީދު މަޖިލީހަށް ކުރިމަތި ލެއްވީ ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވާ އެލަވަންސްތަކާއި އިނާޔާތްތަކާއެކުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.