މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ މުއްދަތު އިރުއޮއްސި 18:00 އަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރައްވާ ގޮތުަގައި ވޯޓުލުމުގެ މުއްދަތު އިތުކޮށްފައިވަނީ މިދުވަސްވަރު ރާއްޖޭގެ މޫސުން ހުރިގޮތުން، ހޫނުގަދަ ވުމުގެ ސަބަބުން، ވޯޓު ލުމަށް ދާ މީހުންގެ އަދަދު މަދުވުމުންނެވެ.

މީގެ އިތުރުން ވޯޓު ލާން ދިޔުމަށް ޓެކްސީ ލިބުމުގައިވެސް ދަތިތަކެއް ހުރިކަން ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ގޮތަށް މިކަން ނިންމުމުގައި ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަން އެ އިދާރާއިން ހާމަކުރައްވައެވެ.

މީގެ ކުރިން ވޯޓުލުން ބަންދުވާ ގޮތައް އޮތީ ހަވީރު 16:00ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.