ގދ. ހުޅުވާރުލުން ފުލުހުން އަތުލައިގަތް 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 5 މީހުން ހައްޔަރުކުރެވުނު އިރު އެ އެންމެންގެ ވެސް ބަންދުގެ މުއްދަތު ރޭގައި ވަނީ އިތުރުކޮށްފައެވެ.

ގދ. ގައްދޫ ކޯޓުން އަމުރުކޮށްފައިވަނީ ހައްޔަރު ކުރި 5 މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖެހުމަށާއި، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އަނެއް ހަތަރު މީހުން ބަންދުގައި ބެހެއްޓުމަށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމުގެ އޮޕަރޭޝަން ފުލުހުން ހިންގައިފައިވަނީ ފާއިތުވެފައިވާ 72 ގަޑިއިރު މެދުކެނޑުމެއްނެތިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *