މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަވަރުކުރުމަށް ބައިނަލްއަގުވާމީ އޮބްޒާވަރުން ހަރަކާތްތެރި ވަމުން އެބަދެއެވެ. 

އިންތިހާބު ކަވަރުކުރުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮމަންވެލްތުގެ 38 އޮބްޒާވަރުން ހަރަކާތްތެރިވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ އޮބްޒާވަރުން ހަރަކާތްތެރިވަނީ މާލޭގެ އައްޑޫ ސިޓީ އާއި ހދ. އަތޮޅާއި ބ. އަތޮޅު އަދި ލ. އަތޮޅުގައެވެ. ނޫސްވެރިންނާ، ބައިނަލް އަގުވާމީ ޖަމިއްޔާތަކުންނާ، ބައެއް ގައުމުތަކުން ބައިނަލް އަގުވާމީ އޮބްޒާވަރުން މިވަގުތު ރާއްޖޭގައި ކުރިއަށްދާ އިންތިހާބު ކަވަރުކުރުމަށް އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

މިއަދުގެ އިންތިހާބުގައި މިހާތަނަށް ގިނަބަޔަކު ވޯޓު ލާފައި ވާއިރު، މި އިންތިހާބަކީ ވަރަށް އަމާން ކަމާއެކު ކުރިއަށްދާ އިންތިހާބެއް ކަން ފާހަގަ ކޮށްލެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *