އައްޑު އަތޮޅު ގަމުން ލަންކާއަށް އުދުހެމުން އަންނަ ސްރީ ލަންކަން އެއާލައިންސްއިން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ޕްރޮމޯޝަންގައި ސްރީ ލަންކާގެ އިތުރުން އިންޑިއާއާއި ތައިލެންޑް އަދި މެލޭޝިޔާއަށް ކުރާ ދަތުރުތަކަށް ވަރަށް ޚާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފައެވެ. އަދި ބިޒްނަސް ކްލާސްގައި ދަތުރުކުރައްވާ ފަރާތްތަކަށް 30 އިންސައްތަ ޓިކެޓް ފެއާތަކުން ވަނީ އަގުހެޔޮ ކޮށްފައެވެ.
ސްރީލަންކަން އެއަރލައިންސްގެ ފެއާއިން، ގަމުން އިންޑިއާގެ ކޮޗިންއަށް ދެކޮޅު ޓިކެޓު އެންމެ 259 ޑޮލަރަށް ލިބޭއިރު އެއްކޮޅު ޓިކެޓުގެ އަގު، 154 ޑޮލަރަށް ވަނީ ތިރިކޮށްފައެވެ. ބެންކޮކަށް ދެކޮޅު ޓިކެޓު 397 ޑޮލަރަށް ލިބޭއިރު އެއްކޮޅު ޓިކެޓުގެ މިހާރުގެ އަގަކީ 259 ޑޮލަރެވެ.
ރޯދަ ޕްރޮމޯޝަނުގެ ދަށުން މެލޭޝިޔާގެ ކުއަލަލަމްޕޫރުގެ ދެކޮޅު ޓިކެޓު 398 ޑޮލަރަށް، އަދި އެއްކޮޅު ޓިކެޓު 299 ޑޮލަރަށް ވަނީ އަގު ހެޔޮވެފައެވެ.
އިންޑިއާގެ ޗެންނާއި ދެކޮޅު ޓިކެޓުގެ އަގަކީ 269 ޑޮލަރެވެ. އަދި އިންޑިއާގެ ބެންގަލޫރަށް 352 ޑޮލަރަށް ދެވޭއިރު ނިއުދިއްލީއަށް ދިއުމަށް ދެކޮޅު ޓިކެޓުގެ އަގަކީ 396 ޑޮލަރެވެ.