ޖެންޑަރ މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް އާއްމުކޮށްފިއެވެ.

ޖެންޑާރ މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު އެމިނިސްޓްރީއަށް ގެވެށި އަނިޔާގެ 38 މައްސަލައެއް, އަދި ރޭޕްގެ ދެ މައްސަލައެއް ހުށަހަޅާފައި އެވެ. 

ޖެންޑާރ މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެމިނިސްޓްރީއަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. 

އެގޮތުން ޖިސްމާނީ އަނިޔާ ކުރުމުގެ 12 މައްސަލައެއް ހުށަހަޅާފައި ވާއިރު، ނަފްސާނީ އަނިޔާ ގެ 7 މައްސަލައެއް ވަނީ ހުށަހަޅާފައިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރޭގައި ޖިންސީ ހާނީއްކަކުރުމުގެ ހަތް މައްސަލަ އާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ފަސް މައްސަލަ އާއި، ޖިންސީ ފުރައްސާރަކުރުމުގެ ދެ މައްސަލައާއި، އިހުމާލުވުމުގެ އެއް މައްސަލަ އާއި، ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ އަދި މާލީ ނުވަތަ އިގުތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ އެއް މައްސަލަ ހިމެނެއެވެ.

އިސްވެދިޔަ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 131 މައްސަލަ ވަނީ އެ މިނިސްޓްރީ އަށް ހުށަހަޅާފައެވެ. އަދި ހައްޤުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ ހަ މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ސާފު ބޯފެނާއި ކަރަންޓުގެ ހިދުމަތަށް ހުރަސް އެޅުމުގެ ހަތަރު މައްސަލަ އާއި ތައުލީމަށް ހުރަސް އެޅުމުގެ އެއް މައްސަލަ އަދި އައިޑީކާޑު، ޕާސްޕޯޓް، އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ އެއް މައްސަލަ ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *