ފާސްޓް އެންޑް ފިއުރިއަސް 9 ގައި، ޑަބްލިއުޑަބްލިއުއީ ރޯވް އަދި ސްމެކްޑައުން އިން ފެނިގެންދާ ތަރި އެއްކަމަށްވާ ޖޯން ސީނާ ކާސްޓުކުރާނެކަމަށް ފާސްޓް އެންޑް ފިއުރިއަސްގެ 6 ފިލްމެއްގައި އުޅުނު ވިން ޑީސެލް ބުނެފިއެވެ.
ވިން ޑީސެލް މިފަދައިން ބުނެފައިވަނީ ރޭ އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައެވެ. ޑީސެލް މި ވީޑިއޯގައި ދެއްކި ވާހަކަތަކުގެ ތެރެއިން ފާސްޓް އެންޑް ފިއުރިއަސް 7 ކުޅުމަށްފަހު މަރުވެގެން ދިޔަ ތަރިއެއްކަމަށްވާ ޕައުލް ވޯކާ މަތިން ހަނދާންވާ ކަމަށް ބުނެފައިވެއެވެ. ޑީސެލް ބުނިގޮތުން، ޖޯން ސީނާއަކީ، ޕަބްލޯ (ފައުލް ވޯކާ) ފޮނުވި ރަހުމަތެކެވެ.
މި ވީޑިއޯގައި ޑީސެލްވަނީ ޖޯން ސީނާވެސް ދައްކާލައިފައެވެ. ޖޯން ސީނާ ފެނިގެން ދިޔައީ ކޯޓު ފަޓުލޫނުގައި އޭނާގެ "ޔޫ ކާންޓް ސީ މީ" އޭ ބުނާ ހަރަކާތް ދައްކާލަނިކޮށެވެ.
ފާސްޓް އެންޑް ފިއުރިއަސް 9 ނެރެން ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ މޭމަހުގެ 22 ވަނަ ދުވަހުގައެވެ.