ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑްވިސް އިން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކޮށް، އެތަނުގެ ހާލަތު ބައްލަވާލައިފިއެވެ.

އެޗްއާރުސީއެމުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމުގެ މަގްސަދަކީ، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އަނިޔާވެރިކޮށާއި ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯ ބެލުން ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެދަށުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުނާއި މުވައްޒަފުންގެ އާންމު ހާލަތު ދެނެގަތުން ކަމަށެވެ.

އިއްޔެއާއި އަދި މިއަދަށް ބަހައިލައިގެން އެޗްއާރުސީއެމުން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މަރުކަޒަށް ކުރަމުންގެންދާ ޒިޔާރަތުގައި ފާހަގަކުރެވޭ، ކަންކަމާއި ހުށައަޅާފައިވާ ހުށައެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޖެންޑާ މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް އެޗްއާރުސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ، 2008 ވަނަ އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެކޮމިޝަނުން ގަވައިދުން ޒިޔާރަތް ކުރަމުންދާ ކަމަށާއި މިހާތަނަށް އެކޮމިޝަނުން 11 ފަހަރު އެމަރުކަޒަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *