ދިވެހިރާއްޖޭގެ މުސްތަޤުބަލާއި، މިސްރާބު ކަނޑައަޅާނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރެވޭ ގޮތެއްގެ މަތީން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ހދ.މަކުނުދޫގައި އަނާރާ ނައީމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ވަހުދަތައް ލޮޅުން އަރުވާލުމަށްޓަކައި، އެކި ފަރާތްތަކުން ކުރަމުންއަންނަ މަސައްކަތްތައް ހުއްޓުވެން އޮތް ތަނަކީ ރައްޔިތުން މަޖިލީސް ކަމަށެވެ. 

މީގެ އިތުރުން ރާއްޖޭގެ އިޤްތިސާދު ހަރުދަނާ ދުވެއްޔެއްގައި ބާރަށް ގެންދިޔުމަށްޓަކައިވެސް ރައްޔިތުން މަޖިލީސްގެ ދައުރު ބޮޑުކަން މިނިސްޓަރ އިމްރާން ވަނީ ފާހަަގަކުރައްވާފައެވެ. އެ ގޮތުން އަދާލަތު ޕާޓީން މަޖިލީހަށް ކެނޑިޑޭޓުން ކަޑައަޅާފައިވަނީ އެފަދަ ގޮތްތަކަށް ބަލާފަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

ވޭތުވެދިޔަ ދުވަސްތަކުގައި އަދާލަތް ޕާޓީ ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާފައިކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އެ ހުރިހާ ކަންތަކާއިވެސް އަދާލަތް ޕާޓީން ކުރިމަތިލާފައިވަނީ ދީނާއި، ޤައުމާއި ރައްޔިތުންގެ ޙައްގުގައި ކަމަށެވެ.

މީގެ އިތުރުން އަދާލަތު ޕާޓީން ނެރެފައިވާ ކޮންމެ ކެނޑިޑޭޓަކީ ފަސްބައި ސާފުބައެއްގެ ގޮތުގައި ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އޭގެއިން ކޮންމެ ކެންޑިޑޭޓަކީ ނަޒާހަތްތެރި އަދި އިޚުލާސްތެރި ކެނޑިޑޭޓެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *