ދިވެހީންނަކީ ފަތްޕިލާވެއްޔަށް ދޯޅަ ބައެއް ކަމުގައިވާއިރު ކެއުމުގައި ތަފާތު އެތައް ބާވަތެއްގެ ފަތް ބޭނުން ކުރެއެވެ. ތެލުލައިގެންނާ ތަފާތު ބާވަތްތަކުގެ ސަޓަނި ތައްޔާރު ކޮށްގެންނާއި ގުދުރަތީ ތާޒާ ކަންމަތީގައިވެސް ފަތް ކެއުމަށް ބޭނުން ކުރެއެވެ. ނަމަވެސް ގިނަފަހަރު ކެއުމުގައި ބޭނުން ކުރާ ފަތުގެ ބާވަތް ތަކުން ލިއްބައިދޭ ސިއްހީ ފައިދާތަށް ނޭނގޭ ހާލުގައި މިފަދައިން ކެއުމުގައި ފަތް ބޭނުން ކުރާ ފަރާތްތައް ގިނައެވެ. އާންމު ގޮތެއްގައި ދިވެހީންގެ މެދުގައި މަގްބޫލު ކަމެއް ލިބިފައިވާ ނަން މަޝްހޫރު ދެބާވަތުގެ ފަތަކީ ކޮޕީ ފަތާއި މުރަނގަފަތެވެ.

ކޮޕީފަތާއި މުރަނގަ ފަތަކީ ފަތުގެ ރަސްގެފާނުންގެ ލަގަބު ލިބިފައިވާ ކެއުމަށް މީރު ދެބާވަތެކެވެ. ނަމަވެސް ސިއްހީ ގޮތުން ބަލާނަމަ ދިގުތިޔަރަ ފަތަކީ އަޖައިބު ކުރުވަނިވި ފައިދާ ތަކެއް އޭގައި އެކުލެވޭ ބާވަތެއްގެ ފަތެކެވެ. މިހާރަށް ބަލާނަމަ މިފަތަކީ ކެއުމުގެ ގޮތުން މާ އާންމު ފަތެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރީގައި ތިޔަރަ ފަތަކީ ކެއުމުގައި ބޭނުން ކުރެވުނު ހާއްސަ ބާވަތެއްގެ ފަތެކެވެ. ނުހަމު ފަސޭހަކަމާއި އެކު ހެއްދޭ ބާވަތެއްގެ ގަހެއް ކަމުގައި ތިޔަރަގަސް ވައިރު ތިޔަރަ ފަތަކީ ގަދީމީ ބޭސްވެރިކަމުގައިވެސް ބޭނުން ކުރެވުނު ބާވަތެކެވެ.

ތިޔަރަ ފަތުގެ ސިއްހީ ފައިދާތަކަށް ބަލާއިރު މިފަތަކީ ނުކައި ދޫކޮށްލެވޭ ވަރުގެ ފަތަކަށް ނުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ދިގު ތިޔަރަ ފަތުގެ ފައިދާ ނުހަނު ގިނައެވެ. ތިޔަރަ ފަތުގައި ބެކްޓީރިޔާގެ އިތުރުން ފަންގަސް ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން އެކުލެވިގެންވެއެވެ. ސިއްހީ މައްސަލަތަކުގައި ދިމަވާ ދުޅަތައް ތިރިކުރުމުގެ ބާރު މިފަތުން ލިއްބައިދެއެވެ. މީގެ އިތުރުންވެސް  މޭގަނޑު ރައްކާތެރި ކުރުމުގެ ބާރު މިފަތަށް ލިބިފައިވެއެވެ. އަދިހަމަ އެހެންމެ މެލޭރިޔާއާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު އެކުލެވިފައި ވުމާއިއެކު ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލު ކަމަކީވެސް ފާހަގަ ކޮސްލެވެ ކަމެކެވެ.

އިންސާނާގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ފުރިހަމަ ސިއްހަތެއްގައި ލެހެއްޓުމަށް މުހިންމު ދައުރެއް ތިޔަރަފަތް އަދާކުރާއިރު ހުމުގެ ބާރު ދައްކުރުމަށް ( މަޑުކުރުމަށް ) މިފަތް އެހީތެރިވެދެއެވެ. އަދި ހަމަ އެހެންމެ ތަފާތު އެކި އެކި  ތަދުތައް ކަނޑުވާލުމަށް އިސްދައުރެއް ތިޔަރަފަތް އަދާކުރެއެވެ. އެހެން ކަމުން ތިޔަރަ ފަތަކީ ނުކައި ދޫކޮށްލަން މަރުހެޔޮވާ ވަރުގެ ފަތެއްނޫނެވެ. ފަހަރުގައި ދިވެހީންގެ ގިނަބަޔަކު މިފަތައި ދުރަށް ޖެހި ދިޔައީ މިފަތުގެ ސިއްހީ ފައިދާތައް އެންމެ ފުރިހަމަ ގޮތުގައި ނޭނގޭތި ކަމަށްވެސް ވެދާނެއެވެ. ކެއުމަށް މީރު ތިޔަރަފަތަކީ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ހިމަނަންވީ މުހިންމު ބާވަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.