ދުނިޔޭގެ ބިމަށް މާސިންގާ ގިނިހިލައެއް ވެއްޓިދާނެ ކަމަށާއި، އެހެންކަމުން އެކަމަށް ސަމާލުވުމަށް ނާސާގެ އެޑްމިނިސްޓަރ ޖިމް ބްރައިޑެންސްޓައިން ގޮވައިލައިފިއެވެ.
ޖިމް މި މައުލޫމާތުތައް ހިއްސާކުރީ ވޮޝިންގޓަންގައި ބޭއްވުނު 2019 ވަނަ ޕްލެނެޓޭރީ ޑިފެންސް ކޮންފަރެންސެއްގައެވެ. މި ކޮންފަރެންސް ބޭއްވިގެން ދިޔައީ ދުނިޔެ ދިފާއުކުރުމަށްޓަކައި ވާހަކަ ދައްކައި އެކަމަށް ސަމާލުވުމަށް ގޮވައިލުމަށްޓަކައެވެ.
ނާސާގެ ފެޑެރަލް އެމަރޖެންސީ މެނޭޖްމެންޓް އެޖެންސީއާއި އެހެން ފަރާތްތަކަކާއި ގުޅިގެން މިފަދަ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ޑްރިލް އެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. މި ޑްރިލްގައި އެންމެންވެސް ހަރަކާތްތެރި ވާނީ ސީދާ ދުނިޔޭގެ ބިމަށް ގިނިހިލަ ވެއްޓިދާނެ ކަމަށް ބަލައި އެއާމެދު އެޅެން ހުރި ފިޔަވަޅުތައް އަޅަމުންނެވެ.
ޖިމް ބުނީ މިފަދަ ކަމަކީ ހަމަ ވެދާނެ ކަމެއް ކަމަށާއި މިއީ ހަމައެކަނި ހޮލީވުޑްއާއި ފިލްމުތަކުގައި ވެދާނެ ކަމެއް ނޫންކަން އެންމެންވެސް ދެނެގަންނަން އެބަޖެހެއެެވެ.
ޖިމް އިތުރަށް ބުނިގޮތުން އާންމުކޮށް މިފަދަ ހާދިސާތަކަކީ 60 އަހަރުގެ ތެރެއިން އެއްފަހަރު ހިނގާ ހާދިސާތަކަށް ވިނަމަވެސް މިދިޔަ 100 އަހަރުގެ ތެރޭގައި 3 ފަހަރަށް ވަނީ މިފަދަ ނުރައްކާތެރި ކަމެއް ދުނިޔޭގެ ބިމުގައި ހިނގައިފައެވެ.
2013 ވަނަ އަހަރުގައި ދެކުނު ޔޫރަލް ފަރުބަދަތައް ހުންނަ ހިސާބަށް ވެއްޓުނު ގިނިހިލައަކީ މިދިޔަ 100 އަހަރުދުވަހުގެ ތެރޭގައިވެސް ދުނިޔެއަށް ވެއްޓުން އެންމެ ބިޔަ ގިނިގިލަ ކަމަށާއި އޭގެ ސަބަބުން އެންމެ ގިނަ ބަޔަކަށް ގެއްލުންތައް ގިނަހިލައެވެ. އެގޮތުން އެ ގިނިހިލަ ވެއްޓުމުގެ ސަބަބުން 1600 މީހުންނަށް އަނިޔާތައް ލިބިފައިވެއެވެ.