ކޮންމެ މީހަކުވެސް ހުންނަން ބޭނުންވާނީ ދުޅަހެޔޮ ސިއްހަތެއްގައެވެ. ހަށިގަނޑު ހުންނަން ބޭނުންވާނީ ވަރަށް ފިޓް ކޮށެވެ. ގިނަ މީހުންނަށް ހަށިގަނޑު ފިޓްކޮށް އަދި ދުޅަހެޔޮކޮށް ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެންނާއި ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކޮށްފައިވާއިރު، ކޮންމެ މީހަކުވެސް ބޭނުންވާނީ އެހެން މަސްތަކަށް ވުރެ ބަރުދަން އިތުރުނުވެ ރަނގަޅު ސިއްހަތެއްގައި ހުރެގެން ރޯދަމަހުގެ ދުވަސްތައް ހޭދަކޮށްލާށެވެ. ދުޅަހެޔޮ ސިއްހަތު ރަނގަޅު ހަށިގަނޑެއް ބޭނުން ނަމަ ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބަރާބަރަށް ކަސްރަތުކުރުމަކީ މީހާގެ ބަރުދަން ވެސް އެއް ވަރެއްގައި ބެލެންސްކޮށް ބަހައްޓައި ދިނުމުގައި ވަރަށް މުހިންމު ރޯލެެއް ކުޅޭ އެއްޗެކެވެ. ކަސްރަތު ކުރުމުގެ ސަބަބުން އަހަރެމެންގެ ހަށިގަނޑުން ކެލެރީސް ބޭރުކޮށްދެއެވެ. ކަސްރަތު ކުރާއިރުވެސް ހަށިގަނޑަށް މާ ބަރު ނުވަތަ ބުރަ ކަސްރަތު ކޮންމެ ދުވަހަކު ކުރުމުގެ ބަދަލުގައި ލުއިކޮށް ގޭގައި ކުރެވޭ ކަސްރަތު ތައް ކުރުމަށް އާދަކުރާށެވެ. އެގޮތަަށް ކުރާ ލުއި ކަސްރަތުތަކަކީ ވެސް މީހާގެ ބަރުދަން އެއްހަމައެއްގައި ބެލެންސްކޮށް ބަހައްޓަން ވަރަށް ބޮޑަށް އެހީތެރިވެދޭ ކަސްރަތެކެވެ.

ބަރާބަރަށް ކަސްރަތު ކޮށްހެދުމަކީ ހިތުގެ ބަލިތަކަށާއި އަދި ލޭ މައްޗަށް ދިއުން ފަދަ ބަލިތަކުން މީހާ ދިފާއު ކޮށްދޭ އެއްޗެކެވެ. ބަރާބަރަށް ކޮންމެ ދުވަހު ކަސްރަތު ކޮށް ހަދާ މީހުންނަށް ހިތުގެ ބަލިތަކާއި އަދި ލޭ މައްޗަށް ދިއުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ. ކަސްރަތު ކުރުމަކީ ލޭ ދައުރުވާ ނިޒާމަށް ހަށިގަނޑުގެ އެކި ގުނަވަންތަކަށް ލޭ ދައުރުކޮށްދެންވެސް ފަސޭހަ ވާ ކަމެކެވެ. ހާއްސަކޮށް ފާހަގަކޮށްލަން ޖެހެނީ، ކަސްރަތުކުރުމުގެ ސަބަބުން ސްޓްރޯކް އަދި ޝޮކް ފަދަ އެއްޗެހި ޖެހުމުންވެސް މީހާ ސަލާމަތް ކޮށްދެއެވެ.

ކޮންމެ ދުވަހަކު ކޮންމެވެސް ކަހަލަ ލުއި ކަސްރަތެއް ކޮށްލުމަކީވެސް މީހާގެ މޫޑް ވެސް ރަނގަޅު ކޮށްދޭ ކަމެކެވެ. ބުރަ މަސައްކަތެއް ކޮށްފައި ވަރުބަލިވެފައި ހުންނަ ގަޑިއެއްގައިވެސް، އެހާ ބުރަ ނޫން ލުއި ކަސްރަތެއް ކުރުމަކީ މީހާ ބޮލުގައި ހުންނަ ސްޓްރެސް ތައް މަދުކޮށްދީ މީހާގެ ބޯ ހަމަޖައްސައިދޭ ކަމެކެވެ. މިގޮތުން ޑިޕްރެޝަނު އަދި އެންޒައިޓީ ފަދަ ބަލިތައް ތަހައްމަލް ކުރަމުންގެންދާ މީހުންނަށް ވެސް ކޮންމެ ދުވަހަކު ލުއި ކަސްރަތެއް ކޮށްލުމުން ހިތަށް ހަމަޖެހުން ލިބިގެން ދެއެވެ. އުފާވެރިކަން އިހްސާސް ކުރެވި މީހާގެ މައިންޑް ފްރެޝް ވެގެން ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *