ކްލިކް ކޮލެޖުގެ ދަސްވެނިވުން ބާއްވައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ކްލިކް ކޮލެޖްގެ ދަސްވެނިވުމުގައި ވަނީ 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައެވެ. ރޭ ވަނީ އެ ކޮލެޖްގެ ދަސްވެނިވުމުގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން ބެޗެލާސް ފެންވަރުގެ ކޯސްތަކުން 86 ދަރިވަރަކު ދަސްވެނިވެފައިވެއެވެ. އޭގެ އިތުރުން ޑިސްޓިންކްޝަން އެވޯޑާއި އެންމެ ފާހަގަކުރެވޭ ލެކްޗަރާއިންނަށް އެވޯޑު ދިނެވެ.

ކްލިކް ކޮލެޖްގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެވެ. އެ ހަފްލާ ޝަރަފުވެރި ކޮށްދެވަމުން ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ، ދަސްވެނިވުމުގެ ހަފުލާ އަކީ ކޮންމެ ދަރިވަރަކު ވެސް ވަރަށް ފަޚުރުވެރިވާނެ ވަގުތެއް ކަމަށެވެ. އެއީ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އެތައް ގުރުބާނީ އަކާއި ބުރަ މަސައްކަތް އަންގައިދޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ކާމިޔާބީގެ ދަތުރަކީ އަބަދު ފަސޭހަވާނެ ދަތުރެއް ނޫން. ދަތުރުގައި ގޮންޖެހުންތަކާ ދިމާވާނެ. އެކަމަކު ދަސްވި ކަންތައްތައް ބޭނުން ކުރަން އެނގުމަކީ ކާމިޔާބީގެ އަސްލު،" ޝިދާތާ ވިދާޅުވި އެވެ.

ދަސްވެެނިންނާއި މުޚާތަބްކޮށް ވާހަކަފުޅު ދައްކަވަމުން ކްލިކް ކޮލެޖްގެ ރައީސް، ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ، ޑިގްރީއެއް ހާސިލް ކުރުމުން ނިމުނީ ނޫން ކަމަށާއި މަސައްކަތުގެ މައިދާނަށް ނުކުމެ ކަންކަމަށް ވަކާލާތުކޮށް، މޮޅުވާން ޖެހޭ ކަމަށެވެ. އަދި ކިޔެވި އެއްޗެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އޭނާ އެދިވަޑައިގަތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *