ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ(،މެޓް) އިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް މިއަދު ހެނދުނު 8:45 އިން މެންދުރުފަހު 14:00 އާއި ހަމައަށެވެ.
މެޓްއިން ވިދާޅުވީ، ވައިޓް އެލާޓް ނެރެފައިވާ ވަގުތުގައި އެ އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
އަދި މެޓް އިން ވިދާޅުވީ، ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށެވެ.