އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަން ވޭޖް ކަނޑައަޅައިދިނުމަށާއި, ރިސޯޓް މުއައްޒަފުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި ބ. އަތޮޅު ރިސޯޓްތަކުގެ މުއައްޒަފުން ކަނޑު މަތީގައި މިއަދު އިހްތިޖާޖު ކޮށްފިއެވެ.

ބ. އަތޮޅު ރިސޯޓް މުއައްޒަފުންނާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގުޅިގެން އިންތިޒާމު ކުރި އެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 1:30 ހުން ހަވީރު 4:30ގެ ނިޔަލަށެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓީމްގެ ނައިބް ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ، ކަނޑުމަތީގައި އިހުތިޖާޖު ކުރަނީ އެއްވެސް ސަރުކާރަކުން މިހާތަނަށް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިނުވުމުން އެކަމުގެ އަޑު ސަރުކާރަށް އިއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ސަރުކާރަކުން އަޅައެއް ނުލާ، މަސައްކަތްތެރިންގެ ހައްގާއި މިނިމަމް ވޭޖް ކަނޑައަޅައިދިނުމަށް ކޮންމެ ސަރުކާރަކުންވެސް ވައުދުވޭ، މިއަދާ ހަމައަށްވެސް އެއްވެސް ސަރުކާރަކުން އެކަން ކޮށްފައެއްނުވޭ،" ސޯދިގު ވިދާޅުވިއެވެ.

ބ. އަތޮޅު ދިގުރަށު އެއްގަމުން މިއަދު ފެށި އިހުތިޖާޖުގައި ހަ ރިސޯޓަކުން 80 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައިފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެންމެ ކުޑަ އުޖޫރު ކަނޑައަޅައި ދިނުމަށާއި މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައިފައި އަޑު އުފުލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *