ގިނަ ބައެއްގެ މަގްބޫލްކަން އަދި ސަޕޯޓް ހޯދައިފައިވާ، ތަރި ނަވާޒުއްދީން ސިއްދީގީ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ރާތު އަކޭލީ ހޭ" ގެ ޝޫޓިން ނިންމާލައިފި އެވެ.
ނަވާޒުއްދީން ސިއްދީގީ އަކީ ކުޑަ ދުވަސްކޮޅެއް ތެރޭގައި ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރުމަށްފަހު ގިނަ ބައެއްގެ ލޯބި ހޯދި ފަރާތެކެވެ. ނަވާޒުއްދީން ވަނީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުގައިވެސް މަސައްކަތް ކޮށްފައެވެ.
ނަވާޒުއްދީން ވަނީ ބޮލީވުޑްގެ ބައެއް މަޝްހޫރު ބަތަލާއިންގެ ތެރެއިން ދިޕިކާ ޕަޑްކޯން ފަދަ ތަރިންނާއި އެކު ވެސް މަސައްކަތް ކޮށްފައެވެ.
"އަ ޑެތު އިން ދަ ގޫންޖް" ފަދަ ފިލްމުތައް ޕްރޮޑިއުސް ކުރި ހަނީ ތުރެހާން ޑައިރެކްޝަނަށް ނުކުންނަ ފިލްމުގައި ނަަވާޒުއްދީނާ އެކު ބަތަލާއިންގެ ރޯލުން ފެނިގެން ދާނީ ރާދިކާ އަޕްޓޭ އާއި ޝްވޭތާ ތުރިޕަތީ ޝަރްމާ އެވެ.
"ރާތު އަކޭލީ ހޭ" އަކީ ކްރައިމް ތުރިލާއެކެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.