ދުނިޔޭގެ އެތައް ބައެއްގެ މަގްބޫލް ކަމާއި ލޯބި ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލަރ ސްވިފްޓް އޭނާގެ އާ ލަވައެއް ސަޕޯޓަރުންނަށް ދޫކޮށްލައިފިއެވެ.
މަގުބޫލު ރީތި އެތައް ލަވައެއް މިހާތަނަށް ގެނެސް ދީފައިވާ ލަވަކިޔުންތެރިޔާގެ އާ ލަވައިގެ ނަމަކީ "މީ" އެވެ. މި ލަވަ ނެރުނީ ވީޑިއޯއާ ވެސް އެކީގަ އެވެ. "މީ"ގައި ޓޭލާއާ އެކު އެމެރިކާގެ މަޝްހޫރު ބޭންޑް "ޕެނިކް"ގެ ލަވަކިޔުންތެރިޔާ, ބްރޭންޑަން އޫރީ ވެސް ބައިވެރިވެފައިވެއެވެ.
އުމުރުން 29 އަހަރުގެ ޒުވާން ލަވަންކިޔުންތެރިޔާ، ޓޭލަރ ސްވިފްޓްގެ އާ ލަވައެއް ރިލީޒް ކުރުމުން، ސެލީނާ ގޮމޭޒާއި، ކެމީލާ ކެބެލޯ އަދި ބްލޭކް ލައިވްލީ ފަދަ މަޝްހޫރު ފަންނާނުން ވަނީ މިހާތަނަށް 10 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ޓޭލާރ އަށް މަރުހަބާ ކިޔައި ޓްވީޓްކޮށްފައެވެ،
ޓޭލަރ ސްވިފްޓް އެންމެ ފަހުން ނެރުނު އަލްބަމަކީ "ރެޕިއުޓޭޝަން" އެވެ.
ޓައިމް މަޖައްލާ އިން ދާދި ފަހުން އާންމު ކުރި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓްގެ "އައިކަން" ކެޓަގަރީން ވެސް ޖާގަ ހޯދި ލަވަކިޔުންތެރިޔާ ބުނި ގޮތުގައި އޭނާގެ އަބަދު ވެސް ލަވަތައް ގެނެސް ދެނީ ގިނަ ބަޔަކަށް ކަމުދާނެ ގޮތްގޮތަށް ވިސްނައިގެންނެވެ. އެގޮތުން ލަވަތައް ލިޔުމަކީ އަމިއްލަ މީހާގެ ވާހަކަތައް ކިޔައިދޭން ބޭނުން ކުރާ އެއްޗެއް ކަމަށް އޭނާ ބުނެފައިވެއެވެ.