ޑާކް ޗޮކްލެޓަކީ ގިނަ ބަޔަކު ކެއުމަށާއި، ކެއްކުމަށާއި އަދި މި ނޫންވެސް އެތައް ކަމަކަށް ބޭނުންކުރެވޭ އެންމެންވެސް ދަންނަ އެއްޗެކެވެ. ޑާކް ޗޮކްލެޓަކީ އޭގައި އެއްވެސް ވަރަކަށް ކިރު އެކުލެވިގެން ނުވާ ޗޮކްލެޓުގެ ބާވަތެވެ. ކޮކޯގަހުގެ އޮށުން އުފައްދާ ޑާކް (އަނދިރި) ޗޮކްލެޓަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ އެއްޗެކެވެ. މި ނޫންވެސް އެތައް ފައިދާއެއް މިއިން ލިބިދެއެވެ.

ގިނަ އަދަދެއްގެ ދިވެހިންނަށް ކަމުދާ މި ކެއުން ވެގެންދާނީ ދިވެހިންގެ ތެރޭގައި ކުރިންވެސް ގިނަ އަދަދެއގެ ބަޔަކު ބޭނުންކުރަމުން އައި ޑާކް ޗޮކްލެޓަކީ މުޅި ދުނިޔޭގެ އެންމެންގެ މަގުބޫލުކަން ހޯދަމުން އައިކާނާއެކެވެ. ހަމަ ޔަގީނުންންވެސް ޑާކް ޗޮކްލެޓުފަދަ ހަށިގަނޑަށް ގިނަ އަދަދެއްގެ ސިއްހާފައިދާތައް ލިއްބައިދޭ ކާނާއެއް ރޯދަމަހުގައިވެސް ކެއުން ވަރަށް މުހިންމެވެ. އޭގެ ފަހަތުގައިވެސް ސަބަބުތައް ބައިވަރެވެ.

ޑާކް ޗޮކްލެޓުން ލިބޭ ބައެއް ފައިދާތައް

  • ފައިދާހުރި އެތައް ނިއުޓްރިޝަންތަކާއި މާއްދާތައް އެކުލެވިގެންވުން

ކޮކޯގެ ބައި ގިނައިން އެކުލެވިގެންވާ ޑާކް ޗޮކްލެޓެއްގައި ހަށިގަނޑަށާއި ސިއްޙަތަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވިގެންވެއެވެ. މިގޮތުން ފައިބަރ، އަޔަން، މެގްނީޝިއަމް، ކޮޕަރ، މެންގަނީސް، ޒިންކް އަދި މިނޫންވެސް އެތަކެއް މާއްދާއެއް އެކުލެވޭ އެއްޗެކެވެ. ހަމަ އެއާއެކު މީގައި ނިދި ފިލުވައިދޭ މާއްދާއެއް ކަމަށްވާ ކެފީން އާއި ތިއޮބްރޮމިންވެސް މަދު މިންވަރަކަށް އެކުލެވިގެންވެއެވެ.

  • އެންޓިއޮކްސައިޑް އިން މުއްސަނދިވެފައިވުން

ޑާކް ޗޮކްލެޓަކީ އޭގައިވާ އެތަކެއް އޯގަނިކް ކޮމްޕައުޑްތަކެއްގައި އެންޓިއޮކްސިޑެންޓްގެ އަސަރުތައް ހުންނަ އެއްޗެކެވެ. އެހެން އެތަކެއް މޭވާއާއި ތަރުކާރީ އެއްގައި ހުންނަ އަށްވުރެ މާ ގިނަ އަދަދަކަށް ޑާކް ޗޮކްލެޓުގައި އެންޓި އޮކްސިޑެންޓް އެކުލެވިގެންވާ ކަމަށް ގިނަ ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ.

  • ލޭ ދައުރުވުން އަވަސްކޮށްދީ ލޭގެ ޕްރެޝަރު ދަށްކޮށްދިނުން

މީގައިވާ ބައެއް ކެމިކަލްތަކުން އުފައްދާ ކެމިކަލްއެއް ކަމަށްވާ ނައިޓްރިކް އޮކްސައިޑްގެ އެއް މަސައްކަތަކީ އަރތެރިސްތަކަށް ހަމަޖެހުމުގެ ސިގްނަލް ފޮނުވުމެވެ. މީގެ ސަބަބުން ލޭ އަވަހަށް ދައުރުވުމަށް އަޅާ ހުރަސްތައް ނައްތާލެވި ލޭގެ ޕްރެޝަރ ދަށްކޮށްދެއެވެ.

  • ހިތުގެ ބަލިތަކުގެ ނުރައްކަލުން ދުރުކޮށްދޭ

މުސްކުޅި މީހުންގެ މައްޗަށް ކުރެވުން ގިނަ ދިރާސާތަކަކުން ދެއްކި ގޮތުން ޗޮކްލެޓްކާ މީހުންނަށްވުރެ ޗޮކްލެޓް ނުކާ މީހުން ހިތުގެ ބަލިޖެހުމުގެ ފުރުސަތު މާ ބޮޑެވެ.

  • ހަންގަނޑަށް ވަރަށް ފައިދާހުރޭ

ޑާކް ޗޮކްލެޓްގައި ހުންނަ ފްލެވަނޯލް ގެ މާއްދާތަކުން ހަންގަނޑަށް އަވިންނާއި ހޫނުން ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދިނުމަށް އެހީވެދީ ހަންގަނޑު އޮމާންކަމާއި ތާޒާކަން މަތީ ދަމަހައްޓައިދެއެވެ. އެ އެއްޗެހިގެ ސަބަބުން ހަންގަނޑަށް ލޭ ފޯރުކޮށްދޭ މިންވަރު އަވަސްކޮށްދޭތީ މިކަން މިހެންވެއެެވެ.

  • ސިކުނޑީގެ ނިޒާމުގެ ހިންގުން ފުރިހަމަކޮށްދޭ

ސިކުނޑިއަށް ލޭ ދައުރުވާ ދުވެލި އަވަސްކޮށްދޭން ޑާކް ޗޮކްލެޓްގައިވާ ފްލެވަނޯލް މުހިންމު ދައުރެެއް އަދާކުރެއެވެ. މީގެ ސަބަބުން ސިކުނޑި މަސައްކަތް ކުރުން ފުރިހަމަކޮށްދޭ ކަމަށް ބެލެވެއެވެ. ގިނަ ދިރާސާތަކަކުން ވަނީ މިކަން ސާބިތުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *