ބޭރުގައި އުން ޖަހާފައި ހުންނަ ދޮންވުމުން މިލަ ހުދު ކުލައެއް ހުންނަ އަހިވަކަކީ ކޮފީ ގަސްތަކުގެ އާއިލާއަަށް ނިސްބަތްވާ އެއްޗެކެވެ. ވަރަށް ގަދަ ތަފާތު ކުޅި ފޮނި ރަހައެއް ދޭ މި މޭވާއަކީ ގުދުރަތީ ވިނެގަރ އެކެވެ. ވަރަށް ކުރީ ޒަމާނުއްސުރެ ރާއްޖޭގެ މީހުން ކެއުމަށް ބޭނުން ކުރާ އެއްޗެއް ކަމަށްވާ އަހިވަކަކީ މުސްކުޅިން އެ ވަރެއް ނެތްކަމަށް ބުނެ ވާހަކަ ދައްކައި އުޅޭ އެއްޗެކެވެ.
ރަމަޟާން މަހުގައި މުސްލިމުންނަށް އެންމެ ބޭނުންވަ ހުރިހާ ވައްތަރެއްގެ ކޮލިޓީއެއް އެކުލެވިގެންވާ އަހިވަކަކީ ނުކައި ދޫކޮށްލެވޭ ވަރުގެ މޭވާއެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. އޭގެ އެންމެ ކުޑަ އެއް މިސާލަކީ ގޭސްޓްރިކަށް ޙައްލު ގެނެސްދިނުމުގައި އަހިވައް ވެދޭ އެހީއެވެ. އަހިވަކުން ލިއްބައިދޭ އެންމެހައި ސިއްހީ ފައިިދާތަކެއް ހޯދަން މަސައްކަތްކުރަން އިސްކަން ދިނުން މުހިންމެވެ.
ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ވަރަކަށް ހެދިފައި ހުންނަ ގަހަކަށް މި ގަސް ވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެ ގަހަކީ އާންމު ގޮތެއްގައި ހޫނު މާހައުލުތަކާ ގުޅޭ އެއްޗަކަށްވުން ހިމެނެއެވެ. މިގޮތުން ރާއްޖޭގެ ސަރަހައްދަކީ އީކުއެޓަރގެ މެދު ހިސާބުގައި ގާއިމްވެފައިވާ ތަނަކަށް ވުމުން މީގެ ގަސްތައް ދަނޑުތަކުގައި ހައްދާފައި ހުންނަކަން ފާހަގަ ކޮށްލެވެއެވެ.
ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތަކީ ހަމައެކަނި ކާން ލިބޭ ވަގުތުކޮޅަށް ވުމުން އެ ވަގުތުގައި ދުވާލު ގައިގައި އެ އެއްޗެއް ކެއުމުން ހަކަތަ ޖައްސައިދޭ ކާނާ ބޭނުންކުރުން މުހިންމެވެ. އޭގެއަށްވެސް އެންމެ ރަނގަޅީ އަހިވަކެވެ.
ބޮޑު ހަނގުރާމަ ފަދަ ދިވެހިން ދުށް އެންމެ އަނދިރި ދުވަސްތަކުގައި ދިވެހިންނަށް ބަނޑު ފުރާނަ މުއްތިކޮށްލަން އެއްޗެއް ނުލިބި، އެންމެ ހާލުގައި ޖެހުން ދަނޑިވަޅުތަކުގައި ކެއުމަށް ބޭނުންކުރި އެއްޗަކަށްވެސް އަހިވައް ވާކަމުން ދިވެހިންނާ ގުޅި ލާމެހިފައިވާ ގުދުރަތީ ކެއުމުގެ ތެރެއިން އަހިވައް ހިމެނެއެވެ.
އަހިވަން ލިބޭ ބައެއް ޞިއްޙީ ފައިދާ
ކެންސަރު ޖެހުމުން ދުރުކޮށްދޭ
އަހިވަކުގައިވާ ކެންސަރާ ދެކޮޅުބައެއް ކަންކަމަކީ ސައެންޓިސްޓުންވެސް ހައިރާން ކުރުވި ކޮލެޓީތަކެކެވެ. ގިނަ އަދަދެއްގެ ކްލިނިކްތަކާއި ލެބޯޓަރީތަކުން، ގިނަ އަދަދެއްގެ ދިރާސާތައް ކުރުމުން ދެއްކި ނަތީޖާތަކުގެ ތެރޭގައި އަހިވަކަކީ ކީމޯ ޕްރެވެންޝަން ގެ ސިފަތަކަކީ ފުއްޕާމޭ، ލިވަރ، ރެނަލް ކެންސަރު ފަދަ ކެންސަރުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެއްސެވެ. މީގެ އިތުރުން އަހިވަކުގައިވާ ބައެއް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައިވާ ޓިއުމަރތައް އުފެދޭ ދުވެލި މަޑު ކޮށްދީ އުފެދިފައިވާ ޓިއުމަރތަކުގެ ބަރުދަނާއި ސައިޒް ކުޑަ ކޮށް ދިނުމަށް އެހީވެދެއެވެ.
ހަކުރުބައްޔައް ޝިފާއެއް
އަހިވަކުގައިވާ މޮރިންޑާ ސިޓްރިފޯލިއާއަކީ ހަކުރު ބައްޔަށް ފަރުވާ ކޮށްދޭ ގުދުރަތީ މާއްދާއެއްކަމަށް ބެލެވެއެވެ. 'ޓައިޕް 2 ޑައެބެޓީސް' އަށް މީގެ ހަރބްއިންނާއި އަދިވެވެސް އެހެން މާއްދާތަކުން ލޭގައިވާ ކޮލެސްޓްރޯލްގެ ބާވަތްތަކަކާއި މި ނޫންވެސް ބައެއް ނުރަނގަޅު މާއްދާތައް މަދުކޮށްދޭ ކަމަށް ސައެންޓިފިކް ރިސާޗްތަކުން ވަނީ ދައްކުވައިދީފައެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ އިންސިއުލިންގެ މިންވަރު އިތުރު ކޮށް ދިނުމާއި، ގްލޫކޯޒްގެ ބައި ހަށިގަނޑުގައި އިތުރުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ.
ހަންގަނޑު ދުޅަހެޔޮކޮށްދޭ
ހަންގަނޑަށް ރައްކާތެރިކަން ފޯރުކޮށްދޭ އެންތްރަކޮއިނޮންސް ފަދަ މާއްދާތަކަކީ ހަންގަނޑުގައި ރޫ ލުމާއި ހަންގަނޑު މުސްކުޅިވުމުން ދުރުކޮށް ދިނުމަށް އެހީވެދޭ މާއްދާތަކެވެ. އަހިވަކުގައި މި އެކުލެވިގެން ވުމަކީ އެ ގުދުރަތީ ގޮތުން ރީތި ވުމަށް ބޭނުން ކުރެވޭ އެއްޗެއްގެ ގޮތުގައި ވެގެންދާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މީގެ އިތުރުން އަހިވަކުގައިވާ އެންޓި ބެކްޓީރިއަލް، އެންޓި ފްލެމަޓޯރީ މާއްދާތަކަކީ ބިހި ނެގުން، ހަންގަނޑު އެނދުން، އެލާޖިކްވުން ފަދަ ހަންގަނޑަށް ޖެހޭ ގިނަ ގުނަ މައްސަލަތަކުން ސަލާމަތް ކޮށްދޭ މާއްދާތަކަކެވެ.
ގޭސްޓްރިކް އަށް ފަރުވާއެއް
ގިނަ ދިރާސާތަކުން ދެއްކި ގޮތުން އަހިވަކުގައިވާ ފައިޓޯ ނިއުޓްރިއެންޓްސް ގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމު ފުރިހަމަކަމާއެކު މަސައްކަތްކުރުމަށް އެހީވެދީ ހަށިގަނޑުގައި ހަކަތަގެ ބައިތައް ގިނައިރު ދަމަހައްޓައިދެއެވެ. މީގެ އިތުރުން ކުޑަ ކަމު ދިޔުމުގެ ނިޒާމާއި، ގޮހޮރަށް ޖެހޭ މައްސަލަތަކުން ދުރުކޮށް ދިނުމުގައި އިސް ދައުރެއް އަދާ ކުރާ އެއްޗެއް ކަމަށް އަހިވައް ވެއެވެ.
ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ
އިހު ޒަމާނުއްސުރެ އަހިވައް ވަނީ އިންފެކްޝަންތަކާއި މި ނޫންވެސް ހަށިގަނޑަށް ޖެހިގެންދާ މައްސަލަތަކަށް ހުރަސް އެޅުމުގެ ތެރެއިން މަޝްހޫރުވެފައިވާ އެއްޗެކެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ ވައިޓް ބްލަޑް ސެލްތަކުގެ ހަރަކާތްތައް ވަކި ގޮތަކަށް ކޮންޓްރޯލް ކުރުމަށް އަހިވަކުގައިވާ ޕޮލީސެކަރައިޑްގެ މާއްދާތައް އެހީވެދެއެވެ. މި ނޫންވެސް ތަފާތު އެތަކެއް ބަލިތަކާ ދެކޮޅަށް ހަރަކާތްތެރިވާ އެއްޗަކަށް އަހިވައް ވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ދިނުމަށް އަހިވައް އިސް ދައުރެއް އަދާ ކުރެއެވެ.
ހިތަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދޭ
އަހިވަކުގެ ސަބަބުން ލެއަށް ކުރާ ގިނަގުނަ އަސަރުތަކުގެ ސަބަބުގެ މައިގަނޑު އަސްލަކަކީ އަހިވަކުން ހަށިގަނޑުގެ މަސަލް ސެލްތަކާއި، ސެލް ތަކުގެ ބޭރުގައިވާ ފާރުތައް މަޑު ކޮށްދިނުމެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ލޭ ދައުރުވުމުގެ ނިޒާމު ރަނގަޅަށް ކުރިއަށް ދެއެވެ. މީގެ އިތުރުން ބްލަޑް ޕްރެޝަރ ހެޔޮވަރުކޮށްދޭން އެހީވެދޭ ދިނުމާއި ކޮލެސްޓްރޯލް މަދުކޮށް ދިނުމާއި މިނޫންވެސް އެތައް ކަމެއްގެ ސަބަބުން ހިތުގެ ނިޒާމު ފުރިހަމަކަމާއެކު ކުރިއަށް ގެންދިޔުމަށް އެހީ ވެދެއެވެ.
މި ކަންކަން ނޫންވެސް އެތައް ސިިއްޙީ ފައިދާއެއް އަހިވަކުން ލިއްބައިދެއެވެ. އޭގެ ތެރެއިން ފާރުތަކާއި މިނޫންވެސް ހަށިގަނޑުގައިވާ ނުބައިވެފައިވާ ތަންތަން ފަސޭހަވާ ދުވެލި އަވަސް ކޮށްދިނުމާއި، ހަނދާން ހުންނަ މިންވަރު އިތުރުކޮށް ދިނުމާއި، މަސްގަނޑުތައް ވަރުގަދަކޮށް ދިނުމާއި، ސްޓްރެސް އިން މީހާ ދުރުކޮށް ދިނުން ފަދަ ކަންކަން ހިމެނެއެވެ.