އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ، އަބޫ ބަކުރު ބަޣްދާދީގެ ވީޑިއޯއެއް އެ ޖަމާޢަތުން އާންމުކޮށްފިއެވެ.
އެ ވީޑިއޯ އާންމުކުރީ އައިއެސްގެ މީޑިއާ ނެޓްވޯކް، އަލް ފުރުގާނުންނެވެ.
އެ ވީޑިއޯގައި ބަޣްދާދީ ވާހަކަ ދައްކައިފައިވަނީ އަރަބި ބަހުންނެވެ. ވީޑިއޯގައި ބަޣްދާދީ ވަނީ ސްރީ ލަންކާގައި މިދިޔަ ހަފްތާގައި ދިން ބޮމުގެ ހަމަލާތަކަށް އިޝާރާތްކޮށްފައެވެ. އެގޮތުން ލަންކާގެ ތައުހީދު ޖަމާއަތަކީ އައިއެއްގެ ގޮތްޕެއްކަމަށް މޭރުންވާ ފަދަ އިބާރާތަކުން ބަޣްދާދީ ވާހަކަ ދައްކާފައިވެއެވެ. އަދި ލަންކާގައި ހަމަލާދިން ފަރާތްތަކަށް ބަޣްދާދީ ވަނީ ތައުރީފްކޮށްފައެވެ.
ބަޣްދާދީގެ ވީޑިއޯ ނަގައިފައިވާ ތަނާއި ވަގުތާއި ބެހޭ އިތުރު މައުލޫމާތުތައް ސާފުވެފައިނުވާއިރު މި ވީޑިއޯއަކީ 5 އަހަރު ފަހުން ފުރަތަމަ ފަހަރަށް ބަޣްދާދީ ފެނިގެންދާ ވީޑިއޯއެވެ. އެ ވީޑިއޯގައި ބަޣްދާދީ ފެނިގެންދަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކާއި ދެފައިވަށްކޮށް އިށީނދެ އިނދެ ވާހަކަ ދައްކަނިކޮށެވެ.