މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، އއ.ތޮއްޑޫ ރަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ ރައީސް އޮފީހުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. މި ބައްދަލުވުމުގައި އެ ރަށުގެ ކައުންސިލުންވަނީ ތޮއްޑޫއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ތޮއްޑޫ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ހިއްސާކޮށްފައެވެ.

ތޮއްޑޫ ރައްޔިތުން ހިއްސާކުރި ބައެއް ކަންކަމުގެ ތެރޭގައި ތޮއްޑޫގެ ބަނދަރު ހަލާކުވުމުގެ ސަބަބުންނާއި، އެ ރަށުގައި ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރެވިފައި ނެތުމުގެ ސަބުންނާއި، އެ ރަށުގައި ބޭންކާއި ފުލުހުންގެ ޚިދުމަތް ރަނގަޅަށް ގާއިމްކުރެވިފައި ނެތުމުގެ ސަބަބުންނާއި، ސިއްހީ މަރުކަޒުގެ ޚިދުމަތަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހިއްސާކޮށް އެކަމަށް ހައްލުގެނައުމަށް ރައީސްގެ ކިބައިން ތޮއްޑޫ ކައުސިލުން އެދިވަޑައިގަތެވެ.

ރައީސް މި ބައްދަލުވުމުގައި ވިދާޅުވިގޮތުން އެމަނިކުފާނަށް ދެންނެވުނު ކަންކަން ކުރިއަށް ގެންދެވުމުގެ ގޮތުން ކަމާއި ބެހޭ މިނިސްޓްރީތަކާއި މަޝްވަރާކޮށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގައި މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

މި ބައްދަލުވުން ޚާއްސަވެގެން ދިޔަ އެންމެ މައި އެއް ކަމަކީ ތޮއްޑޫ ކައުންސިލުން އެ ރަށުގައި ރަމަޟާން މަހަށް ޚާއްސަކޮށް ހެއްދި ކަރާތަކުގެ ތެރެއިން 3 ކަރާ ރައީސްއަށް ވެދުމެއްގެ ގޮތުގައި އެރުވުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *