ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 150 ކިލޯގްރާމުގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފިއެވެ.

މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި، ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑާއި، ޑްރަގް އިންޓެލެންޖެންސް ޔުނިޓާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި މަސްތުވާތަކެތި ހޯދައިފައިވަނީ ގދ. އަތޮޅުގެ ރަށެއްގައި ވަޅުލައިފައިވަނިކޮށެވެ. 

އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން  ބޭރުން ރާއްޖެއަށް ޓްރެފިކް ކުރި މަސްތުވާތަކެތި ލޯންޗެއްގައި ގެނެސް، ފަޅުރަށެއްގައި ވަޅުލެވިފައި ވަނިކޮށް ފުލުހުން ވަނީ ހޯދައިފައެވެ.

މި އޮޕަރޭޝަން ފުލުހުން ހިންގައިފައިވަނީ ފާއިތުވެފައިވާ 72 ގަޑިއިރު މެދުކެނޑުމެއްނެތިކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ. މި ގޮތުން ގދ.އަތޮޅުގެ ފަޅު ރަށްރަށާއި ކަނޑުގެ ސަރަހައްދުތަކުގައި ހޯދައި އެކަންތަކުގައި ވަރަށް ހަލުވިކަމާއެކު ހަރަކާތްތެރިވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *