ޔަމަން ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދެއް ކަމަށްވާ، ކަރލްސްބަރގް ރިޖްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން ރިޕޯޓުކޮށްފައިވަނީ 19:30 ހާއިރުގައެވެ. މި ބިންހެލުމަކީ 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި ކަނޑުއަޑިން 10 ކިލޯމީޓަރަށް އައި ލޮޅުމެއްކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި ބިންހެލުމުގައި ބާރުގަދަ 6 ލޮޅުުން ކައިރި ކައިރިން އައިސްފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.

މި ބިންހެލުމުގެ ސަބަބުން ޔަމަނަށްވެސް އަދި އެހެން ރަށަކަށްވެސް ގެއްލުމެއް ނުވަތަ އަސަރެއް ކޮށްފައިވާކަމަށް އަދި މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރާއްޖެވެސް ހިމެނެނީ ބިންހެލުން އައި ކަރލްސްބާރތގް ރިޖްގައެވެ.

ރާއްޖޭގެ ގައުމީ މޫސުމާއި ބެހޭ އިދާރާއިން ޖަޒީރާ ނިއުސްއަށް މައުލޫމާތު ދިންގޮތުން މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *