ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ، (ޕީއެންސީ) ގެ ސްޕޯކްސް ޕާސަންގެ މަގާމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު، ހީނާ ވަލީދު ހަމަޖައްސަވައިފިއެވެ.
ރޭގައި ބޭއްވުން އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ނައިބު ރައީސުންނަށް ވަނީ މަސައްކަތްތައް ބަހާލާފައެވެ. އަދި ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަކަށް ގީލާ ވަނީ އައްޔަންކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު ކޮންގުރެސް ޕާޓީގެ ފުރަތަމަ މަތީ ޖަލްސާ ބާއްވާފައިވާިއރު، އެ ޕާޓީގެ ރައީސަކަށް ވޯޓަކާއި ނުލާ އިންތިޚާބު ކުރެއްވީ، އެޕާޓީގެ މުސްތަޝަރު ޢަބްދުއްރަޙީމު ޢަބްދުﷲއެވެ. އަދި ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އިންތިާޚާބު ކުރީ ރައްޔިތުންގެ މަޖިލީހުގެ 18ވަނަ ދައުރުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކާއި، 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މާވަށް ދާއިރާ ތަމްސީލު ކުރައްވާނެ ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދާއި، 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލު ކުރައްވާ އިބްރާހިމް ޝުޖާއުގެ އިތުރުން ކުރީގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) އެވެ. މީގ އިތުރުން މަޝްވަރާ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށް އަދި ކައުންސިލަށްވެސް ވަނީ މެންބަރުން އިންތިޚާބުކޮށްފައެވެ.
ކޮންގުރެސް ޕާޓީއަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީއެއްކަމަށް އެ ޕާޓީގެ ލީޑަރޝިޕުން ވަނީ ވިދާޅުވެފައެވެ.