ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި
- 2 /1 2 ޖޯޑު ރަވާ
- 4 ރާނބާފަތްކޮޅު (1 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
- 2 /1 ޖޯޑު ކަނަމަދު (ފަޅިފަޅިކޮށްފައި)
- 4 މޭޒުމަތީ ސަމުސާ ގިތެޔޮ ( ނުވަތަ ބަޓަރު)
- 3 ޖޯޑު ހަކުރު
- 2 /1 1 ދަޅު ގެރިކިރު
- 3 ފިޔާ ( ތުނިކޮށް ކޮށާފައި)
- 4 ޖޯޑު މާފެން ( ނުވަތަ 2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް )
- 5 ޖޯޑު ފެން
- 2 އިންޗި ފޮނިތޮށި
- 1 ޖޯޑު ހިކިމޭބިސްކަދުރު
- 8 ކާފޫރުތޮޅި (ދެކޮޅު ބުރިކޮށްފައި)
ތައްޔާރުކުރާނެ ގޮތް
ތެއްޔަކަށް ގިތެޔޮކޮޅު އަޅާފައި އުނދުންމައްޗަށް އުދާލާފައި ގިތެޔޮކޮޅު ދިޔާވީމާ ކަނަމަދު, ފޮނިތޮށި, ކާފޫރުތޮޅި، ފިޔާ، މޭބިސްކަދުރު އަދި ރާނބާފަތް ކޮޅު އަޅާފައި ފިޔާކޮޅު ރަތް ވަންދެން ދޭފަތުން ހަލަމުންދާށެވެ. އެއަށްފަހު ރަވާ,ހަކުރާއި, ފެނާއި, މާފެން އެއްކޮށް ގިރާފައި އަޅާލާށެވެ. ކައްކާއިރު މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ. ހިކިވާގޮތްވާނަމަ ފެންފޮދެއް އަޅާލާށެވެ. ދެން ރޯފިލުމުން ކިރު އެއްކޮށްފައި އުނދުންމަތިން ބާލާށެވެ. އޭރުން އެހުރީ ސޫޖީ ތައްޔާރުވެފައެވެ.