ގިނަ މީހުންނަކީ އެމީހުންގެ ލޮލުގެ ފެނުން ބަލިކަށި ނުވަތަ ނުސާފު މީހުންނެވެ. ސިއްހީ ގޮތުން ކުރިއަރައި ދިއުމުގެ ސަބަބުން މިފަދަ މީހުން ލޮލުގެ ފެނުން ރަނގަޅުކުރުމަށް ބޭނުންކޮށް އުޅެނީ އައިނު ނުވަތަ ލެންސެވެ. މި ނޫން އެއްވެސް ހައްލެއް މިކަމަށް ނެތްކަން ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ. ހަގީގަތަކީ މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް އަދިވެސް ސައިންޓިސްޓުން މާކަ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމެކެވެ. ނަމަވެސް ކާން ބޭނުންކުރާ ބައެއް ކާނާތަކުގެ ތެރެއިންވެސް ލޮލުގެ ފެނުމަށް ރަނގަޅު، ފައިދާހުރި ކާނާ ބޭނުންކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.

މިގޮތުން ލޮލުގެ ފެނުން ގުދުރަތީ ގޮތުން އަލުކުރުމަށް ސަަމާލުކަމެއް ދޭންވީ ކަމަކީ ލޮލަށް ބޭނުންވާ މާއްދާތައް ލޮލަށް ފޯރުކޮށްދިނުމުގައެވެ. 

ވިޓަމިންސް އާއި އެންޓިއޮޮކްސިޑެންޓްސް

ލޮލުގެ ފެނުން ރަނގަޅުކުރުމަށް އެންމެ ބޭނުންވާ ދެ ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްސްތަކުގެ ތެރޭގައި ހިމެނެނީ ވިޓަމިން އޭ އާއި ލިއުޓިން އެވެ. މި ދެ މާއްދާ ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ލޮލުގެ ފެނުމަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.

ލިއުޓިން ލޮލުގެ ފެނުން ރަނގަޅުކުރުމަށް އެހީވެދެނީ ކިހިނެއް؟

ލިއުޓިންއަކީ ލޮލުގެ ކަޅިކައިރިން ވަރަށް ގިނައިން ފެންނާނެ ޕިގްމެންޓެކެވެ. މީީގެ މަސައްކަތަކީ ލޮޮލަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިިން އަލި ވަނުމުން ދުރުކޮށްދިނުމެވެ. ސައިންޓިފިކް ރިސާޗްތަކުން ދައްކާގޮތުން ލިއުޓިން ލޮލަށް ގިނައިން ލިބުމަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭނެ ކަމެކެވެ.

ލޮލުގެ ފެނުން ރަނގަޅުކުރުމަށް ކާނެ ބައެއް ކާނާ

ކެރެޓް، ސްޕިނެޗް އަދި ފެހިކަން އެކުލެވޭ ތަރުކާރީ ފަތުގެ ބާވަތްތައް

ކައްޓަލަ އަދި ބަޓަރ

ވިޓަމިން އޭއާއި ލިއުޓިން އެކުލެވޭ ކާނާތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ފެހިކަންގަދަ ތަރުކާރީއާއި ފަތެވެ. އެހެންކަމުން ތަފާތު ފަތްތަކާއި ބީންސްް ފަދަ ތަކެތި ގިނައިން ކެއުން އާދަކުރުމަކީ މުހިންމުކަމެކެވެ.

ލޮލުން ކަސްރަތުުތައް ކުރުމަކީވެސް ލޮލުގެ ފެނުން ރަނގަޅުކޮށް ދިނުމަށް އެހީީވެދޭނެ ކަމެއް

ލޮލުން އިޝާރާތާއި ހަރަކާތްތައް ކުރިއަށް ގެންގޮސްގެން ކުރެވޭ ގިނަ ކަސްރަތުތަކަކީ ލޮލުގެ ފެނުން ސާފުކޮށްދީ ފުރިހަމަ ކޮށްދިނުމަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އެހީވެދޭ ކަންކަމެވެ. އޭގެ ތެރެއިންވެސް ދުރުގައި ހުންނަ އެއްޗެހި ނުސާފުކޮށް ފެންނަ މައްސަލަ ހައްލުކޮށްދިނުމުގައި ވަކިން ޚާއްސަ އެހީއެއް ވެދޭނެއެވެ.

ލޮލުގެ ފެނުން ރަނގަޅުކުރުމަށް ދާއިމީ ހައްލެއް ހޯދުމަށް ކަމާއި ބެހޭ މާހިރެއްގެ އެހީއާއި ނުލައި ފަރުވާއެއް ހޯދުން ވާނީ ނާދިރުކަމަކަށެވެ. ނަމަވެސް ލޮލަށް ބޭނުންވާ މާއްދާތައް އެކުލެވޭ ކާނާތައް ކައިގެން ނުވަތަ ހަށިގަނޑަށް އެތެރެކޮށްގެން ނަމަވެސް ލޮލުގެ ފެނުން ފުރިިހަމަކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *