ކްލަބްމެޑް ކަނިފިނޮޅަށް އައިސް އުޅުނު ޓޫރިސްޓް ފިރިހެނަކު ގެނބިގެން މަރުވެއްޖެ އެވެ.
މަރުވި ޓޫރިސްޓް މީހާ މި ވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މީގެ ބައިގަޑިއެއްހާއިރު ކުރީންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.
"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފީނަން ގޮސް އުޅެނިކޮށް މަރުވެފައިވަނީ ސިންގަޕޫރަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ އަކީ ޑޮކްޓަރެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ގެނބިގެން ސިންގަޕޫރުގެ ރައްޔިތަކު މިއަދު މަރުވެފައިވާއިރު، މިއަހަރުގެ ކުރީކޮޅުގައި ވަނީ ގެނބިގެން ގިނަ އަދަދެއްގެ ފަތުރުވެރިން މަރުވެފައެވެ.