ރަމަޟާން މަހަށް ހާއްސަކޮށްގެން މަޖިލީހުން މިއަދު ބޭއްވި މާހެފުމުގައި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާހިލް ބައިވެރިވެވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު 10:00 ގައި ބޭއްވި މާހެފުމުގައި ރައީސް ބައިވެރިވެފައިވާއިރު، ރައީސް ވަނީ މާހެފުމަށް ފަހު، މެމްބަރުންނާއެކު ފޮޓޯ ނަންގަވައި މެމްބަރުންނާ ސަލާމް ކުރައްވައިފަ އެވެ. ރައީސްގެ މި މާހެފުމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނަކީ ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެވެ. 25 އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައީސް ސޯލިހު ވަނީ ހިދުމަތް ކުރައްވާފަ އެވެ.