ކޮޅުމަޑުލު ވަންދޫ ކައުސިލުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އެރަށުގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމައިފިއެވެ. 

ވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޤިޔާސް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ، ވަންދޫ ކައުންސިލްގެ 60 ވަނަ އާންމު ޖަލްސާގައި މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ހަދިޔާއެއްގެ ގޮތުން ކޮންމެ ގޭބިސީއަކަށް މަސް ދަޅު ކޭހެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު ރޯދަ ހަދިޔާއެއްގެ ގޮތުން މިވަނީ ރަށުގެ ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ކައުންސިލްގެ ހަރަދުގައި ދޭން ނިންމާފައި" ޤިޔާސް ވިދާޅުވިއެވެ.

ޤިޔާސް ވިދާޅުވީ، މަސްދަޅު ކޭސް ރަމަޟާން މަސް ފެށުމުގެ ކުރިން ގޭބިސީތަކަށް ކައުންސިލްގެ ފަރާތުން ގެންގޮސްދޭނެ ކަމަށެވެ.

ވަންދޫ ކައުންސިލަކީ ރަށުގެ ތަރައްޤީއާއި އިޖުތިމާއި ކަންކަމުގައި ކައުންސިލްގެ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކޮށްދެމުން އަންނަ ކައުންސިލެކެވެ. ހާއްސަގޮތެއްގައި އިޖުތިމާއީ ކަންކަމުގައި ކައުންސިލުން ދަނީ ބޮޑެތި އެހީތަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ކައުންސިލުގެ ހަރަދުގައި އިމާމުގެ ތަރާވީޙް ނަމާދު ކުރާނެ ހާފިޒެއް ގެނެއެވެ. އަދި މިއަހަރުވެސް ރަށުގައި އިމާމްވެ ތަރާވީޙް ނަމާދު ކުރާނެ ހާފިޒެއް ކައުންސިލްގެ ހަރަދުގައި ގެންނާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *