އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް އޮންލައިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުތައް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ބުނީ، އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހައްދަން އެދިފައިވާ ފަރާތްތަކުގެ އީމެއިލަށް އިމިގްރޭޝަން އިން އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންކުރަން ޖެހޭ ލިންކު ފޮނުވާނެ ކަމަށެވެ. އަދި އެލިންކުން ޕާސްޕޯޓަށާއި، ރެވެނިއު ސްޓޭމްޕަށް ފައިސާ ދެއްކެން ހުންނާނެ ކަމަށެވެ.
ގެއްލިފައިވާ ޕާސްޕޯޓާއި އަދި ސެކަންޑް ޖެނަރޭޝަން ޕާސްޕޯޓުގެ ތެރެއިން މުއްދަތު ހަމަވާން އަށް މަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ އީމެއިލް މެދުވެރިކޮށް ހުށަނޭޅޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިމިގްރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސްކޮށް އީމެއިލް މެދިވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ ގޮތް ހަމަޖައްސައިފައިވަނީ ޖެނުއަރީ 27 ގައެވެ؛.