މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓް ހަވާލުކޮށްފި އެވެ.

ކޯޓުން އިންތިއަށް ފޮނުވާފައިވާ ޗިޓުގައި ވަނީ އޭނާ ކޯޓަށް ހާޒިރުކުރަނީ ކޯޓުގެ ބޭނުމައް ކަމަށް އޭގައި ވެއެވެ. އިންތި ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެދުނު 8:30 އަށެވެ.

ހުސްނުއް ސުއޫދު އަދި ޤާނޫނީ ވަކީލު ސިރާޖު ފަދައިިން އިންތިއަކީވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭގޮތުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅެކެވެ.

ބެލެވޭ ގޮތުގައި އިންތި ކޯޓަށް ހާޒިރުކުރަން އަންގާފައި މިވަނީވެސް މިފަދަ މައްސަލައަކާއި ގުޅޭގޮތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *