އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން، މޭގަން މާކަލްގެ ބަނޑަށް ދުވަސް ހަމަވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.

37 އަހަރުގެ މޭގަން މާކަލް މި ދުވަސްކޮޅުގައި މަޑުކުރަމުން ދަނީ ގޭގައި ކަމަށް މީޑިއާތަކަށް ޚަބަރު ލިބިފައިވެއެވެ. އަދި އޭނާގެ މަންމަވެސް ހުރީީ އޭނާގެ ކައިރީގައި ކަމަށްވެއެވެ. 

ޝާހީ އާއިލާގެ ފަރާތުން މައުލޫމާތު ދިން ފަރާތަކުން ބުނިގޮތުން ދެން މާ ގިނަ ވަގުތެއް ބާކީ ނެތެވެ. މޭގަންވެސް ހުރީ ވަރަށް ޝައުގުވެރިވެފައެވެ. އަދި އޭނާއަށް ދަރިއަކު ލިބެން އުޅޭ ފުރަތަމަ ފަހަރުކަމުން އޭނާވެސް ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައި ކަމަށްވެސް ބުންޏެވެ.

މި ފަރާތުން ބުނިގޮތުން މޭގަން އަންނަނީ ވިހެއުމަށްޓަކައި ވާން ޖެހޭ ގިނަ ތައްޔާރީތައް ވަމުންނެވެ. މޭގަން ބޭނުންވަނީ ވީހާވެސް ގުދުރަތީގޮތުން ވިހެއުން ކުރިއަށް ދާން ޖެހޭ ގޮތަށް ކުރިއަށް ގެންދިޔުމަށެވެ. ހަމައެހެންމެ މޭގަން އަންނަނީ ގޭގައި ހުރެ ޕްރިންސް ހެރީއާއެކު ނޭވާލުމުގެ އުކުޅުތައް ފަރިތަކުރަމުންނެވެ. މޭގަންގެ މަންމަ އޭނާގެ ގާތުގައި ހުރުމަކީ މޭގަންއަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް އާއިލާއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *