ރަމަޟާން މަހުގައި އިމާމުވެ ތަރާވީސް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ހާފިޒުން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަންއިން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަންސުން ހާމަކުރާ ގޮތުގައި އެގޮތަށް ހާފިޒުން ގެންއުމަށް ވަކި މުއްދަތަކަށް ވިސާއެއް ދޫކުރެވޭނެއެވެ. އެގޮތުން އެ ވިސާ ހޯދުމަށް އިސްލާމިކް މިނިސްޓްރީއިން ވަކި ހުއްދައަކަށް އެދެންޖެހެއެވެ.

އެ ހުއްދައަށް އެދޭ އިރު ފޯމާއި އެކީގައި އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ކުލަ ކޮޕީ އާއި އެމީހަކީ ހިފްޒުކޮށް، ތަރާވީހު ނަމާދުކުރަން ގެންނަ މީހެއްކަން އެނގޭނެ ސިޓީއެއް ހިމެނެ އެވެ. އަދި، ރާއްޖެއަށް އެ ހާފިޒަކު ގެންނަނީ ޖަމިއްޔާއަކުން ނަމަ އެ ޖަމިއްޔާއެއްގެ ރަޖިސްޓަރީގެ ކުލަ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެއެވެ.

ކޮންމެ ރޯދަ މަހަކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާމުވެ ތަރާވީސް ކުރުމަށް ބޭރުގެ ހާފިޒުންނާއި ގާރީން ގެންނަމުން ދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *